މާބަނޑު އަންހެނަކު ނިޔާވި އެކްސިޑެންޓުގެ ޒިންމާ 10 އަހަރު ފަހުން އުފުލަން ޖެހިއްޖެ

އަދަދު

31 މޭ 2025 | ހޮނިހިރު | 2:31

ބާރު ސްޕީޑުގައި ދުއްވި ސައިކަލެއްގައި ޖެހި މާބަނޑު އަންހެނަކު މީގެ 10 އަހަރު ކުރިން މަރުވި މައްސަލައިގައި ދައުވާ އުފުލި ސ. މީދޫ، އިރާސްމެކުގެ، އަލީ އާލިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

މާލޭގެ ޒަމާނީހިނގުމުން ބާރު ސްޕީޑުގައި އާލިމް ދުއްވި ސައިކަލުގައި ޖެހި ހއ. ހޯރަފުށި، ގާތުގިރި، އަޒުލީމާ އަބްދުﷲ ނިޔާވި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން އާލިމްގެ މައްޗަށް ހުކުމްކުރީ މަރުގެ ދިޔަ ދިނުމަށާއި 10 އަހަރަށް ލައިސަންސް ހިފެހެއްޓުމަށެވެ.

އާލިމްގެ މައްޗަށް ސާބިތުވާ ގަތުލު ޚަތައުގެ ކައްފާރާއަށް ވިދިވިދިގެން ހަނދުމަހުގެ ދެ މަހު ރޯދަ ހިފުމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.

މައުޟޫޢުތަށް