ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުންތަކާއި، ނިންމި މައްސަލަތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެ
އަދަދު
1 ޖޫން 2025 | އާދިއްތަ | 9:26
މިދިޔަ އަހަރާއި މި އަހަރާ އަޅައިބަލާއިރު، ސުޕްރީމް ކޯޓުން ނިންމި މައްސަލަތަކާއި، ބޭއްވި އަޑުއެހުންތަކުގެ އަދަދު މަދުވެފައިވާ ކަމަށް އެ ކޯޓުގެ ވެބްސައިޓުގައި ފެންނަން ހުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި 25 މައްސަލަ ނިންމާފައިވާއިރު، މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ނިންމުނީ 15 މައްސަލަ އެވެ.
ކޯޓުން ނިންމި މައްސަލަތަކެކޭ އެއްގޮތަށް، ބޭއްވި އަޑުއެހުންތަކުގެ އަދަދު ވެސް ވަނީ ރެކޯޑު މިންވަރަކަށް މަދުވެފަ އެވެ. އެ ގޮތުން އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި 47 އަޑުއެހުން ބޭއްވިއިރު، ޖެހިގެން އައި ތިން މަހު ޖުމުލަ ބޭއްވީ އެންމެ 11 އަޑުއެހުމެވެ.