މި އަހަރުގެ ޔޫކޭ-މޯލްޑިވްސް މަޝްވަރާތަކުން އެފްޓީއޭ އުނިކުރި ސަބަބު ހާމަކުރުމަށް އެމްޑީޕީން ގޮވާލައިފި

އަދަދު

1 ޖޫން 2025 | އާދިއްތަ | 10:17

ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ނަމުގައި ދިވެހި ސަރުކާރުން އިނގިރޭސިވިލާތާއެކު ބާއްވާ މަޝްވަރާތަކުން ރާއްޖެއިން އެ ގައުމަށް ބޭރުކުރާ މަހުގެ ޑިއުޓީ ކެނޑޭ ގޮތަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމާ ގުޅޭ ވާހަކަތައް މި އަހަރު އުނިކޮށްފައިވާތީ އެ ކަމުގެ ފަހަތުގައިވާ ސަބަބު ހާމަކުރުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ ކެނޑޭ ގޮތަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން މަޝްވަރާ ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ދެވަނަ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރެ އެވެ.

ބުދަ ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާ ނުކޮށް އިސްކަން ދިނީ އިނގިރޭސިވިލާތުން އިމިގްރޭޝަން ޕޮލިސީތަކަށް ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށާއި ވިސާ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށެވެ.

މައުޟޫޢުތަށް