500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަން އަނެއްކާ ވެސް ސުކޫކެއް ވިއްކަނީ
އަދަދު
1 ޖޫން 2025 | އާދިއްތަ | 11:09
އަންނަ އަހަރު ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ދައްކަން އިތުރު ސުކޫކެއް ވިއްކަން ރާވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މުނައްވަރު މިހެން ވިދާޅުވީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އަހަރީ އާންމު ބައްދަލުވުމުގެ ހަވާސާގައި، ސީއެންއެން އިކޮނޮމިކްސްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. އެ އިންޓަވިއުގައި އޭނާ ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ މިހާރު ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު "ރީއިޝޫ" ކުރަން ކަމަށެވެ.
ސުކޫކު ދައްކަން ސުކޫކު ވިއްކުމުގެ ވާހަކަ މުނައްވަރު ދެއްކެވިއިރު، މި ސުކޫކް ދައްކަން ރާވާފައިވާ ސީދާ ޕްލޭނެއް މިހާތަނަށް ސަރުކާރުން ހިއްސާނުކުރެ އެވެ. އެކަމަކު މި އަހަރަށް ފާސްކުރި ބަޖެޓުގައި، ސުކޫކު ރީފައިނޭންސް ކުރުމަކީ ސަރުކާރުން ގެންގުޅޭ ވިސްނުމެއް ކަމަށް ބަޔާންކޮށްފައި ވެ އެވެ.