މާލީ ހިދުމަތްތައް ކުރިއެރުވުމުގެ ނަމުގައި ސަރުކާރުން އަނެއްކާ ވެސް ކުންފުންޏެއް އުފައްދައިފި
އަދަދު
1 ޖޫން 2025 | އާދިއްތަ | 11:51
މާލީ ހިދުމަތްތައް ކުރިއެރުވުމަށް "ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ނަމުގައި ސަރުކާރުން ކުންފުންޏެއް އުފައްދައިފި އެވެ.
ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ގޮތަށް އުފެއްދި މި ކުންފުނީގެ ކެޕިޓަލްއަކީ އެއް ބިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
"ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސާވިސަސް އާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގެ ހިދުމަތްތައް ހިމެނޭ ގޮތުން، މާލީ ހިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން،" އެ ކުންފުނި އުފެއްދި މަގުސަދުގެ ގޮތުގައި ރައީސް އޮފީހުން ބުނެފައިވެ އެވެ.