ޑިވެލޮޕްމަންޓު ބޭންކުގެ އޮފީސް އިމާރާތަށް މިހައިތަނަށް އެންމެ މަހެއްގެ ކުލި ވެސް ނުދައްކާ!
އަދަދު
1 ޖޫން 2025 | އާދިއްތަ | 7:45
އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރަން ހާއްސަކޮށް ސަރުކާރުން ހުޅުވި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ އޮފީސް ހިންގާ އިމާރާތަށް މިހައިތަނަށް އެއްވެސް މަހެއްގެ ކުލި ނުދައްކާކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ގާނޫނީ ވަކީލް, އަހުމަދު މައުރޫފް ހޯދަން އެދުނު މައުލޫމާތުގެ ޖަވާބުގައި އެސްޓީއޯއިން ބުނީ ޑީބީއެމްގެ އޮފީސް ގާއިމު ކޮށްފައިވާ އެލައިޑް ބިލްޑިންއަށް ޖާގައަށް ދައްކަންޖެހޭ ކުލި މިހައިތަނަށް އެއްވެސް މަހެއްގައި އެ ބޭންކުން ދައްކާފައި ނުވާ ކަމަށެވެ.
ޑީބީއެމްގެ އޮފީސް ހިންގުމަށް އެލައިޑް ބިލްޑިންގެ ޖާގައެއް އެސްޓީއޯއިން އެ ބޭންކަށް ކުއްޔަށް ދީފައި ހުންނަނީ މަހަކު 75،892ރ. އަށެވެ.