މާލޭގެ 53 ޕަސެންޓަށް ކަރަންޓު ދީފި، ދެން ހުރި ސަރަހައްދުތަކަށް ދެވޭނެ އިރެއް ނޭނގޭ
އަދަދު
1 ޖޫން 2025 | އާދިއްތަ | 4:06
ކަރަންޓު ކެނޑިފައިވާތާ ހަތަރު ވަރަކަށް ގަޑިއިރު ފަހުން މާލޭގެ 53 ޕަސެންޓަށް ކަރަންޓު ދީފައިވާއިރު ދެން ހުރި ސަރަހައްދުތަކަށް ދެވޭނެ އިރެއް ނޭނގޭކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގެ ދެން ހުރި ސަރަހައްދުތަކަށް ކަރަންޓު ދެވޭނީ ހުޅުމާލޭގެ ކަރަންޓު ގްރިޑު އޮން ކުރުމުންނެވެ. މިވަގުތު ހުޅުމާލޭ ސްޓެލްކޯ އިންޖީނުގޭގައި އެ ކުންފުނީގެ ޓެކްނީޝަނުންނާ އެކު ފުލުހުންނާއި ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
"ހުޅުމާލޭގެ އިންޖީނުގެއަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ދަނީ ހުޅުމާލެއަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން," ސްޓެލްކޯއިން ދާދި ދެންމެއަކު ބުނެފައިވެ އެވެ.