އިތުރު ތިން ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރަނީ

އަދަދު

2 ޖޫން 2025 | ހޯމަ | 10:09

ނޭޕާލާއި އަޔާލޭންޑުގެ އިތުރުން ޔޫކްރެއިންއަށް ކަނޑައަޅާ ނޮން ރެޒިޑެންޓު ސަފީރުކަމަށް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ނޭޕާލަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރުކަމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައި ވަނީ އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާ، މ. ބީނާފުށި ގެ ނަމެވެ.

އަޔާލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަނުކުރަން ރައީސް ފޮނުއްވެވީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމް، ހ. އޯކިޑް ގެ ނަމެވެ.

މައުޟޫޢުތަށް