ބޭންކު ހަދަން ހުއްދަ ދިން ބީއައިސީއަކީ އެމްއެމްއޭގެ ބޯޑުން ހުއްދަ ނުދޭން ނިންމި ބޭންކެއް

އަދަދު

2 ޖޫން 2025 | ހޯމަ | 12:13

މި ފަހުން ބޭންކެއް އުފައްދަން ހުއްދަ ދިން ދެ ކުންފުނީގެ ތެރެއިން ބީއައިސީ ބޭންކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުން ކުރިން ހުއްދަ ނުދޭން ނިންމި ބަޔެއް ކަމަށް އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.

ބީއައިސީއަށް ދޫކުރި ހުއްދައާ ގުޅޭ ގޮތުން މި ނޫހަށް މައުލޫމާތު ދިން ސިއްރު މަސްދަރަކުން ބުނީ، ކުރިން ހުށަހެޅި ޕްރޮޕޯޒަލް އެމްއެމްއޭއިން ރިޖެކްޓު ކުރީ ޑިއު ޑިލިޖެންސް މަރުހަލާއިން ފެއިލުވުމުން ކަމަށެވެ.

މިއީ މަކާރާއިހީލަތް ހެދުމާއި މަނީ ލޯންޑަރިން ފަދަ ކަންކަން ހުއްޓުވުމުގެ ގޮތުން، ބޭންކު ހިންގާ މީހުންގެ ގާބިލުކަމާއި ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރާ މަރުހަލާ އެވެ. މައުލޫމާތު ދިން މީހާ ބުނި ގޮތުގައި މި މަރުހަލާއިން އެ ފަހަރު ފެއިލުވީ، އެ ބޭންކާ ގުޅޭ ބައެއް މައުލޫމާތު ކަށަވަރުކުރެވޭނެ ވަރުގެ ލިޔެކިޔުންތް ނެތުމުންނެވެ.

މައުޟޫޢުތަށް