މި ފަހަރު ވެސް މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި އީދު ނަމާދު ކުރާނެ
އަދަދު
2 ޖޫން 2025 | ހޯމަ | 3:55
މި އަންނަ އީދުގައި ވެސް މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާ މައިދާންތަކުގެ އިތުރުން މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމްގަ އެވެ. ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ ފޭސް އެކެއްގެ ސްޓޭޑިއަމް އާއި ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގަ އެވެ. ވިލިނގިލީގައި އީދު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މީގެ ކުރިން ވެސް އީދު ނަމާދު ކުރަމުން އަންނަ ވިލިނގިލި ފުޓުބޯޅަ ސްޓޭޑިއަމްގަ އެވެ.