އިސްލާމީ އުސޫލުތަކާ އެއްގޮތަށް އީދު ފާހަގަކުރަން ސަރުކާރުން އަންގައިފި
އަދަދު
2 ޖޫން 2025 | ހޯމަ | 3:57
ކުރިއަށް އޮތް ބޮޑު އީދުގެ ކުޅިވަރުތައް ކުޅޭއިރު، އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެކަންކަން ކުރުމަށް ސަރުކާރުން އަންގައިފި އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިސްލާމީ ހުދޫދުގެ ތެރޭގައި އީދު ފާހަގަކޮށް އެ ދުވަހުގެ އުފަލުގައި ދިވެހި ކުދިބޮޑު އެންމެން ބައިވެރިވުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެހެންކަމުން އީދު ފާހަގަކުރާއިރު، އިސްލާމީ އުސޫލުގެ ތެރޭގައި އެކަންކަން ކުރުމަށް ސަރުކާރުން އެދޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"މި އަހަރުގެ އަލްހާ އީދު ފާހަގަ ކުރުމުގައި ވެސް އިސްލާމީ ތަރަހައިގެ ތެރޭގައި އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެމަތިން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލު ކުރެއްވުމަށް އިލްތިމާސް ކުރަމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.