އދ ގެ 80 ވަނަ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ލިބޭ 21 ގައުމު ތެރޭގައި ރާއްޖެ ހިމެނިއްޖެ

އަދަދު

2 ޖޫން 2025 | ހޯމަ | 9:31

މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އދ ގެ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ލިބޭ 21 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި މިއަދު އޮތް އިންތިހާބުގައި އދ ގެ 80 ވަނަ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު އޭޝިއާ ޕެސިފިކް ގްރޫޕުން ދެން ލިބުނީ ލުބުނާން އާއި ބަންގްލަދޭޝްގެ އިތުރުން ސައުދީއަރަބިއްޔާ އަދި ޓިމޯލެސްޓޭ އަށެވެ.

އދ ގެ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ލިބޭ ގައުމުތަކުގެ ދައުރަކީ އެއްވެސް ސަބަބަކާ ލައިގެން އާންމު ޖަލްސާގެ ރައީސްކަން ކުރައްވާ ބޭފުޅާއަށް ހާޒިރު ނުވެވޭ ހާލަތުގައި ޖަލްސާ ކުރިއަށް ގެންދިޔުމެވެ. އެ ހާލަތުގައި ރައީސްއަށް ލިބިގެންވާ އެންމެހައި ބާރުތައް ނައިބުރައީސްކަން ކުރައްވާ ބޭފުޅަކަށް ވެސް ލިބޭނެ އެވެ.

މައުޟޫޢުތަށް