ހައްޖަށް ގޮސް ތިބޭ ދިވެހިން ނަގާ ބޭހާއި ހައްޖަށް ދާއިރު ޖަހާ ވެކްސިން ހިލޭކޮށްދީފި
އަދަދު
2 ޖޫން 2025 | ހޯމަ | 10:37
ހައްޖަށް ދާއިރު ޖަހަންޖެހޭ ވެކްސިނާއި ހައްޖަށް ގޮސްތިބޭ ދިވެހިން ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހި ހައްޖާޖީން ތިބި ހޮޓެލަށް މިއަދު ޒިޔާރަތް ކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކޮންމެ ރަށެއްގައި ހުރެގެން ވެސް ހައްޖަށް ދިޔުމުގެ ކުރިން ހަދާ ޓެސްޓުތައް ހެދުމާއި ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
ހައްޖާޖީ އެނބުރި ރާއްޖެއަށް އަންނަން ދެން ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިންތިޒާމުތައް އެންމެ ފުރިހަމައަށް ހަމަޖެހިފައި ހުރިތޯ ބެލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަނުން މިހާރު ވެސް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.