މި މަހުގެ ކަރަންޓު ބިލް ބޮޑު ކަމަށް ފެންނަނީ މިދިޔަ މަހު ޑިސްކައުންޓު ލިބިފައިވާތީ: ސްޓެލްކޯ

އަދަދު

4 ޖޫން 2025 | ބުދަ | 7:49

ކަރަންޓުގެ އަގު ހެޔޮކުރުމުން ވެސް ބިލް ބޮޑުވި ކަމުގެ ޝަކުވާ ގިނަވެފައި ވަނިކޮށް، އެގޮތަށް ބިލް ފެންނަނީ ވޭތުވެ ދިޔަ ދެ މަހުގެ ބިލްގައި ރޯދަ ޑިސްކައުންޓު ހިމަނާފައިވާތީ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަމަށެވެ.

"އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަގީގީ ފަރަގު ސާފުވާނެ،" ސްޓެލްކޯއިން ބުންޏެވެ.

މައުޟޫޢުތަށް