ކުޑަކުދިންތަކެއް ފެންވަރަނިކޮށް ވީޑިއޯކުރި މައްސަލައެއް ށ. ފުނަދޫ ކޯޓުން ބަލަން އަންގައިފި

އަދަދު

4 ޖޫން 2025 | ބުދަ | 9:35

ކުޑަ ދެ ކުދިން ފެންވަރަނިކޮށް ވީޑިއޯކުރި މައްސަލައަކާ ގުޅިގެން އޮރިޔާން ކާޑު ގެންގުޅުނުކަމުގެ ދައުވާ އުފުލާފައިވާ ށ. ފުނަދޫ، ދިލްކަޝް، އަހްމަދު ހުސައިންގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު ގެންގުޅުނުކަމުގެ ދައުވާ، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ބެލޭނެ ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

އޮރިޔާން ކާޑުގެ ގެންގުޅުނު މައްސަލައިގައި އަހުމަދު ހުސައިންއަށް ދައުވާ އުފުލައި މައްސަލަ ބެލުމަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ނުލިބޭ ކަމަށް ބުނެ މައްސަލަ ބޭރުކޮށްލުމުން، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެ ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމީ ށ. ފުނަދޫ ކޯޓުގެ ނިންމުން ބާތިލު ކުރުމަށެވެ.

"މި އިސްތިއުނާފީ މައްސަލަ ނިންމާ ތާރީހުން ފެށިގެން މަސައްކަތު 14 (ސާދަ) ދުވަހުގެ ތެރޭގައި، މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހަޅައިފިނަމަ، މި މައްސަލައަކީ ބަލައިގަނެ ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައި ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފިން،" ހައި ކޯޓުގެ ހުކުމުގައި ބުންޏެވެ.

މައުޟޫޢުތަށް