ހިޔާ ފްލެޓުތައް ކައިރީގައި ހުންނަ އާ ސްކޫލަށް ބަދަލުވާން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު ހޯދަނީ

އަދަދު

4 ޖޫން 2025 | ބުދަ | 6:08

ހުޅުމާލެ ދެވަނަ ފިޔަވަހީ, ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގައި އިމާރާތްކުރަމުން އަންނަ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު ހޯދަން އެޑިއުކޭޝަނުން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަދަދު ނޫހާ ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި އަންނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ މި ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު އެއްކުރަން ފެށީ މި މަހު އެކެއްގަ އެވެ.

މިހާރު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ މި ސްކޫލް ނިމޭއިރު އެއްދަންފަޅިއަށް 1،500 ދަރިވަރުންނަށް ކިޔަވައިދެވޭނެހެން 54 ކްލާސްރޫމުގެ ޖާގަ ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސްކޫލަށް ވަންނަން ބޭނުންވާ ކުދިންގެ އަދަދު އިތުރުވާނަމަ ދެ ދަންފަޅިއަށް ކިޔަވައިދޭން އެޑިއުކޭޝަނުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް