އީދުގެ ތިން ދުވަހު އެސްއޯއީތަކާއި ސިފައިން ގުޅިގެން މާލެ އާއި ހުޅުމާލޭގައި އީދު ހަވީރުތަކެއް ބާއްވަނީ
އަދަދު
5 ޖޫން 2025 | ބުރާސްފަތި | 2:23
ބޮޑު އީދު ފާހަގަ ކުރުމުގެ ގޮތުން މާދަމާއިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ރެއާ ހަމައަށް މާލެ އާއި ހުޅުމާލޭގައި އާއިލީ ހަވީރުތަކެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އާއިލީ ހަވީރު މާލޭގައި އޮންނަނީ ޖުމްހޫރީ މައިދާނުގަ އާއި ސަލްޓަން ޕާކުގަ އެވެ. ހުޅުމާލޭގައި އޮންނަނީ ސެންޓްރަލް ޕާކުގަ އާއި ފޭސް ދޭއްގެ ހިޔާ ޕާކުގަ އެވެ. އާއިލީ ހަވީރު ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. ނަމަވެސް ބައެއް ސްޓޯލްތައް ރޭގަނޑު ވެސް ހުޅުވާފައި ހުންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މާލެ އާއި ހުޅުމާލޭގައި އީދުގެ ތިން ދުވަހު އާއިލީ ހަވީރުތަކެއް ބާއްވަނީ އެމްއެންޑީއެފް އިސްވެ އޮވެ، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބައެއް ވުޒާތާތަކުގެ ބައިވެރިވުމާ ވެސް އެކު އެވެ.