އީދު ނަމާދަށް ވަކި ދެސޫރަތެއް ހާއްސަވީ ކީއްވެބާ؟

އަދަދު

6 ޖޫން 2025 | ހުކުރު | 11:26

މިއަހަރުގެ އުފާވެރި ބޮޑު އީދުގެ ފޮނި ތަހާނީތައް އެންމެހާ މީސްތަކުންނަށް ހިތުގެ އެންމެ ފުންމިނުން އަރިސްކުރަމެވެ. މި އުފާވެރި އީދު ދުވަހުގައި ދައުވަތު މިއަރުވަނީ، އީދު ދުވަސްތަކަށް ހާއްސަ ނަމާދުތަކުގައި ސޫރަތުލްއަޢުލާ އާއި ސޫރަތުލްޣާޝިޔާ ކިޔުން ސުންނަތްވެގެންވުމުގައި ފޮރުވިފައިވާ ސިއްރުތަކަކީ ކޮބައިތޯ ފިކުރު ހިންގާލުމަށެވެ.

އެތައް ގޮތަކުން ރިވާވެގެންވާ ގޮތުގައި ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ދެ އީދު ދެ ނަމާދާއި ހުކުރު ނަމާދުގައި ކިޔަވާވިދާޅުވަނީ ފުރަތަމަ ރަކުއަތުގައި އަޢުލާ ސޫރަތް އަދި ދެވަނަ ރަކުއަތުގައި ޣާޝިޔާ ސޫރަތެވެ. މާތް ނަބިއްޔާ މިގޮތަށް އަމަލުކުރެއްވުމުން އިތުރު އެކަލޭގެފާނުގެ މި އަމަލުފުޅަކީ އެކަލޭގެފާނުގެ ސުންނަތެވެ. އަދި ދެ އީދު ދެނަމާދާއި ހުކުރު ނަމާދުގައި މިފަދައިން އަމަލުކުރުން އުންމަތުގެ މައްޗަށް އެއީ ސުންނަތްވެގެންވާ ކަމެއްކަމުގައި ވެގެންދިޔައީއެވެ.

ދެއީދެކޭ އެއްފަދައިން ހުކުރު ދުވަހަކީ ވެސް ހަފުތާގައި އަންނަ މުސްލިމުންގެ އީދު ދުވަހެކެވެ. އެދުވަހަށް ހާއްސަ ނަމާދަކީ ހުކުރު ނަމާދެވެ. އެހެންކަމާއެކު އީދުތަކާއި މި ދެސޫރަތާ މެދުގައި އޮތް ގުޅުމުގެ މައްޗަށް ބުއްދީގެ ނަޒަރުން ވިސްނާލުމަކީ މުހިންމު ކަމެކެވެ.

މައުޟޫޢުތަށް