ސީޕީގެ މަގާމަށް ކުރިމަތިލީ އެންމެންނާ އިންޓަވިއުކޮށްފި، އީދު ބަންދަށް ފަހު ގޮތެއް ނިންމަނީ

އަދަދު

6 ޖޫން 2025 | ހުކުރު | 4:50

ޕޮލިސް ކޮމިޝަނަރު (ސީޕީ) ގެ މަގާމަށް ކުރިމަތިލީ އެންމެންނާ އިންޓަވިއުކޮށް ދީފައިވާ މާކްސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރީއަށް ބުދަ ދުވަހު ފޮނުވައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ސީޕީގެ މަގާމަށް ކުރިމަތިލި މިހާރުގެ އެކްޓިން ކޮމިޝަނަރު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝަމީމްގެ ތެރެއިން ބޭފުޅަކު ހޮވާނީ އީދު ބަންދަށްފަހު އެވެ.

"މާކްސްތައް ބުދަ ދުވަހު ފޮނުވައިފި. އީދު ބަންދަށްފަހު އެކަމާ ގުޅިގެން ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައި،" އެކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.

މައުޟޫޢުތަށް