އުއްތަމަ ފަނޑިޔާރުގެ ރިޓަޔަމަންޓާ މެދު އަދިވެސް ޖޭއެސްސީން ގޮތެއް ނުނިންމާ
އަދަދު
7 ޖޫން 2025 | ހޮނިހިރު | 11:45
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެ މަގާމުން ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވިތާ 30 ދުވަސްވީއިރު ވެސް އެ ކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަކި ގޮތެއް ނިންމާފައި ނުވާކަން އެނގިއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ނިންމެވިކަން ސިޓީއެއްގެ ޒަރީއާއިން ޖޭއެސްސީއަށް އެންގެވީ މެއި 8، 2025 ގަ އެވެ. އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ޖޭއެސްސީން ގޮތެއް ނުނިމި އޮތީ ރިޓަޔަމަންޓު ޕެކޭޖާ މެދު ވަކި ގޮތެއް ކަނޑައެޅިފައި ނުވާތީ އެވެ.
މުއުތަސިމް ރިޓަޔާ ކުރައްވަން ނިންމެވީ، ދާދި އަވަހަށް ރިޓަޔާ ކުރައްވާނެކަމުގެ އިޝާރާތެއް މިދިޔަ ފެބްރުއަރީ މަހު ދެއްވުމަށް ފަހު އެވެ.