ރައީސް މުއިއްޒު، ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައިފި
އަދަދު
7 ޖޫން 2025 | ހޮނިހިރު | 9:15
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ބޮޑުވަޒީރު އަދި ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ޕްރިންސް މުހައްމަދު އާއި ރައީސް މުއިއްޒު އީދުގެ ސަލާން ބަދަލުކުރެއްވި އެވެ. އަދި ދެ ގައުމުގެ ގުޅުންތައް ވަރުގަދަ ކުރެއްވުމަށް މަޝްވަރާ ކުރެއްވި ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފައި ވެ އެވެ.
ދެ ގައުމުގެ އިސްވެރިންގެ މި ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުން އަދި ހާމަކޮށްފައި ނުވެ އެވެ.