ލ. ގަމުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހެއްގެ ބޯ ފަޅައިގެން ގޮސް ފައި ބިނދިއްޖެ
އަދަދު
8 ޖޫން 2025 | އާދިއްތަ | 11:20
ލ. ގަމުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލުގައި ތިބި ދެ މީހުންގެ ބޯ ފަޅައިގެން ގޮސް ފައި ބިނދިއްޖެ އެވެ.
ފުލުހުން ބުނީ ރޭ 7:03 ހާއިރު ރިޕޯޓު ލިބުނު އެކްސިޑެންޓުގައި ސައިކަލުގައި ތިބީ 44 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
އެ ދެ މީހުންގެ ތެރެއިން އެކަކުގެ ބޯ ފަޅައިގެން ގޮސް ކަނާތު ފައިގެ ދެ ތަނަކުން ބިންދައިގެން ދިޔުމުގެ އިތުރުން އަނިޔާތަކެއް ލިބުނު ކަމަށާއި އަނިޔާވި ދެވަނަ ފިރިހެން މީހާގެ ބޯ ދެ ތަނަކުން ފަޅައިގެން ގޮސް ކަނާތު ފައިގެ ދެ ތަނަކުން ބިނދި އިތުރު އަނިޔާ ލިބުނު ކަމަށް ފުލުހުން ބުންޏެވެ.