ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު، ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އަދަދު
9 ޖޫން 2025 | ހޯމަ | 9:10
ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް ޙައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
މިނާގައި ހުންނަ ހައްޖު މިނިސްޓްރީގެ އޮފީހުގައި ކުރިއަށްދިޔަ އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ސައުދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހެމާންދާރީއަށާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެއިތުރުން ދިވެހި ހައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ހިދުމަތަށްޓަކައި، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށާއި ވަލީއަހްދަށް ވެސް ރައީސް ޝުކުރުއަދާކުރެއްވި އެވެ.