ފަނޑިޔާރުންގެ ހައްގުތަކާއި މިނިވަންކަމަށް ސަރުކާރުން ވަނީ އަރައިގެންފައި: އިންޓަނޭޝަނަލް ބާ އެސޯސިއޭޝަން
އަދަދު
9 ޖޫން 2025 | ހޯމަ | 10:26
ބައިނަލްއަގުވާމީ ހަމަތަކާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ މިނިވަންކަމާއި ހައްގުތަކަށް ދިވެހި ސަރުކާރުން އަރައިގެންފައިވާ ކަމަށް ގާނޫނީ ފަންނުގެ ހިމާޔަތުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑަށް ހަރަކާތްތެރިވާ އެއް ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ބާ އެސޯސިއޭޝަން އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިފަހުން ވަނީ ވަކިކޮށްފަ އެވެ. އެ ދެ ފަނޑިޔާރުން ވަކިކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގި ގައިރު ގާނޫނީ ތަހުގީގަކަށް ފަހު އެވެ.
ފަނޑިޔާރުން ވަކިކުރުމުގައި ގާނޫނޫގައި ބަޔާންކޮށްފައިވާ މަރުހަލާތައް ކަޑައްތުކޮށްފައި ނުވާ ކަމަށް ބުނެ ކަންބޮޑުވުން އިންޓަނޭޝަނަލް ބާ އެސޯސިއޭޝަން ހިއުމަން ރައިޓްސް އިންސްޓިޓިއުޓް (އައިބީއޭއެޗްއާރުއައި) އިން ވަނީ ބަޔާނެއް ނެރެފަ އެވެ.