ހުލާސާކޮށް އިއްޔެ: މެންބަރު ސިނާނުގެ މައްސަލައިގައި "ތަޅު އެޅުވުން"
އަދަދު
10 ޖޫން 2025 | އަންގާރަ | 7:04
ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންގޮސް ބާއްވާފައި އޮންނަތާ ގިނަ ދުވަސްތަކެއް ފާއިތުވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތެއް ސިނާނުގެ ކިބައިން އުނިވެގެން ދިޔަ ކަމަށް ބުނަނީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނު ދެއްކުމަށް އެ އެއްބަސްވުމާ ހިލާފުވެފައިވާތީ ހުށަހެޅި މައްސަލައިގެ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުންނެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމަށާއި މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.