މި އަހަރުގެ މިހާތަނަށް ރާއްޖެއިން ކޮވިޑުގެ 107 ކޭސް ފެނިއްޖެ
އަދަދު
10 ޖޫން 2025 | އަންގާރަ | 11:18
ރާއްޖެއިން މި އަހަރު ޖޫން 1، ގެ ނިޔަލަށް ކޮވިޑް-19 ގެ 107 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރިލް 21، އިން ފެށިގެން ޖޫން 1، ގެ ނިިޔަލަށް ކޮވިޑުގެ 62 ކޭސްފެނިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ފެނުނީ 27 ކޭސް އެވެ.
މިދިޔަ އޭޕްރިލް 21، އިން ފެށިގެން ޖޫން 1، ގެ ނިޔަލަށް އަރިދަފުސް ރޯގާގެ 46،032 ކޭސްއެއް ފެނުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ފެނުނީ 33،948 ކޭސް އެވެ.