ހައްޖަށް ދާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރަށް ބަލައި ސައުދީން ދޭ 'ލައްބައިތުމް އެވޯޑު' 12 ގައުމަކަށް
އަދަދު
10 ޖޫން 2025 | އަންގާރަ | 10:34
ހައްޖަށް ދާ މީހުންނަށް ގައުމުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ހަމަޖައްސައިދޭ އިންތިޒާމުތައް ވަޒަން ކުރުމަށްފަހު ސައުދީ ސަރުކާރުން ދޭ ލައްބައިތުމް އެވާޑު 12 ގައުމަކަށް ލިބިއްޖެ އެވެ.
ހައްޖަށް ދާ މީހުންނަށް ގައުމުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ވަޒަން ކުރުމަށްފަހު އެ ގައުމުން ދޭ ލައްބައިތުމް ޑައިމަންޑު އެވާޑު ލިބުނީ ތުރުކީ އާއި އިރާގުގެ އިތުރުން މެލޭޝިޔާ އަށެވެ. ލައްބައިތުމް ގޯލްޑް އެވާޑު ލިބުނީ ސިންގަޕޫރާއި އަލްޖީރިއާ އަދި ޗައިނާ އަށެވެ.
ލައްބައިތުމް ސިލްވާ އެވާޑު ލިބުނީ ދެކުނު އެފްރިކާ އާއި އުރުދުން އަދި ދާރުއްސަލާމް އަށެވެ. ބްރޮންޒް އެވާޑު ލިބުނީ އިރާން އާއި ސޯމާލިއާގެ އިތުރުން ޓިއުނީޝިއާއަށެވެ.