އދ. އަށް ފޮނުވި ސިޓީގައި ސަރުކާރުން ބުނީ ނުފޫޒު ފޯރުވި ކަމަށް ބުނެ ފަނޑިޔާރުން ހަދަނީ ދޮގު ކަމަށް

އަދަދު

10 ޖޫން 2025 | އަންގާރަ | 1:52

ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންތައް ހަދަނީ ދޮގު ކަމަށާއި ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށް ސަރުކާރުން އދ. އަށް އަންގައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތައް ވަކިިކުރި މައްސަލައިގައި އިންސާނީ ހައްގުތަކާ ބެހޭ އދ. ހާއްސަ ރެޕަޓުއާ، މާގަރެޓް ސެޓާވައިޓުއަށް ފޮނުވި ސިޓީއެއްގައި، ސަރުކާރުން ވަނީ ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރީ ގާނޫނުތަކާ އެއްގޮތަށް، ކަނޑައެޅިފައިވާ އިޖުރާއަތުތަކުގެ ތެރެއިން ކަމަށް ބުނެފަ އެވެ.

މި ސިޓީގައި، ފަނޑިޔާރުން ސަސްޕެންޑުރުމުން ފެށިގެން ވަކިކުރުމާ ހަމައަށް ކަން ހިނގައިދިޔަ ގޮތް ކަމަށް ސަރުކާރުން ބުނާ ގޮތް ލިޔެފައިވެ އެވެ. ސިޓީގައި އޮތް ގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިން ފަނޑިޔާރުންގެ މައްސަލަތަކެއް ބަލާކަމަށް އެންގުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން ފެށުން ހިނގީ އެއް ދުވަހެއްގެ ތެރޭގަ އެވެ.

މައުޟޫޢުތަށް