އދ. ގެ ފަނޑިޔާރުންގެ މިނިވަންކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން ދައުވަތު ދީފި

އަދަދު

10 ޖޫން 2025 | އަންގާރަ | 10:58

އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު، މާގަރެޓް ސެޓާވެއިޓް ރާއްޖެއަށް ދަތުރެއް ކުރެއްވުމަށް ދިވެހި ސަރުކާރުން ދައުވަތު ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރި ގޮތާ މެދު އދ. އަށް ދިވެހި ސަރުކާރުން ވަނީ ޖަވާބުދާރީވެފަ އެވެ. ފަނޑިޔާރުން ވަކިކުރީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް އެ ޖަވާބުގައި ސަރުކާރުން ބުނެފައި ވެ އެވެ.

"ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ހިމާޔަތް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އަމިއްލައަށް ބައްލަވާލެއްވުމަށް ސްޕެޝަލް ރެޕަޓުއާއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ސަރުކާރުން ދައުވަތު އަރުވަން،" ޖުމުލަ 101 ނުކުތާގެ މައްޗަށް އެކުލެވޭ މި ޖަވާބު ނިންމާލަމުން ސަރުކާރުން ދައުވަތު ދީފައި ވެ އެވެ.

މައުޟޫޢުތަށް