ހުލާސާކޮށް އިއްޔެ: ސައުދީން ދޭ އެވޯޑު ރާއްޖެ އަށް ނުލިބުނު

އަދަދު

11 ޖޫން 2025 | ބުދަ | 6:34

ހައްޖަށް ދާ މީހުންނަށް ގައުމުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ހަމަޖައްސައިދޭ އިންތިޒާމުތައް ވަޒަން ކުރުމަށްފަހު ސައުދީ ސަރުކާރުން ދޭ ލައްބައިތުމް އެވާޑު 12 ގައުމަކަށް ލިބުނުއިރު، އެ ލިސްޓުގައި ދިވެހިރާއްޖެ ނުހިމެނޭ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ހައްޖަށް ދާ މީހުންނަށް ގައުމުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ވަޒަން ކުރުމަށްފަހު އެ ގައުމުން ދޭ ލައްބައިތުމް ޑައިމަންޑު އެވާޑު ލިބުނީ ތުރުކީ އާއި އިރާގުގެ އިތުރުން މެލޭޝިޔާ އަށެވެ. ލައްބައިތުމް ގޯލްޑް އެވާޑު ލިބުނީ ސިންގަޕޫރާއި އަލްޖީރިއާ އަދި ޗައިނާ އަށެވެ.

ލައްބައިތުމް ސިލްވާ އެވާޑު ލިބުނީ ދެކުނު އެފްރިކާ އާއި އުރުދުން އަދި ދާރުއްސަލާމް އަށެވެ. ބްރޮންޒް އެވާޑު ލިބުނީ އިރާން އާއި ސޯމާލިއާގެ އިތުރުން ޓިއުނީޝިއާއަށެވެ.

މައުޟޫޢުތަށް