ރާއްޖެއިން ގައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު އިފްތިތާހުކޮށްފި

އަދަދު

10 ޖޫން 2025 | އަންގާރަ | 9:46

މިހާރު ކުރިއަށްދާ އދ. ގެ ތިން ވަނަ އޯޝަންސް ކޮންފަރެންސްގައި ރާއްޖެއިން ގައުމީ ފެންވަރުގައި އޯޝަންސް އެކައުންޓްސް އެކުލަވާލުމުގެ މަގު ޗާޓު މިއަދު އިފްތިތާހުކޮށްފި އެވެ.

އެ މަގުޗާޓު އިފްތިތާހުކޮށް ދެއްވީ އެ ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން ގްލޯބަލް އޯޝަންސް އެކައުންޓްސް ޕާރޓްނާޝިޕާއެކު އިންތިޒާމުކުރި ސައިޑް އިވެންޓްގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ.

މަގު ޗާޓު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ތާރިގް ވަނީ ދިވެހިރާއްޖޭގެ ތަރައްގީ އާއި އިޖްތިމާއީ ދުޅަހެޔޮކަން ކަނޑާއި އައްސޭރިފަށުގެ ދިރޭތަކެތީގެ ނަސްލުތަކަށް ބިނާވެފައިވާ ކަން ފާހަގަކުރައްވާފަ އެވެ.

މައުޟޫޢުތަށް