ރ. އަތޮޅާއި ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ދޭން ފަށަނީ
އަދަދު
12 ޖޫން 2025 | ބުރާސްފަތި | 10:27
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް ރ. އަތޮޅާއި ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ އާރްޓީއެލްގެ ހިދުމަތް މި މަހު ރ. އަތޮޅުގައި ފަށައި އަންނަ މަހުގެ ތެރޭގައި ބ. އަތޮޅުގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މި މަސް ނިމެންވާއިރަށް ރ. އަތޮޅުގައި އަޅުގަނޑުމެންނަށް އާރްޓީއެލްގެ މަސައްކަތް ފެއްޓޭނެ. ދެން ހަމަ އެއާ އެއްކޮށް ޖުލައި މަސް ނިމެންވާއިރަށް ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށޭނެ،" އޭނާ ވިދާޅުވި އެވެ.