ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު އިސްތިއުފާ ދޭން ރައީސްގެ ފަރާތުން އެންގެވި
އަދަދު
12 ޖޫން 2025 | ބުރާސްފަތި | 1:46
ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީ އިސްތިއުފާދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން މީގެ ދުވަސްތަކެއް ކުރިން އެންގެވިކަން އެނގިއްޖެ އެވެ.
އަދަދު ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި މަގާމުން އިސްތިއުފާ ދެއްވައި، ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ރައީސް މުއިއްޒުގެ ފަރާތުން ފަރުހާދަށް އެންގެވީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އެވެ. މިކަން ތަފާތު ތިން މަސްދަރަކުން މި ނޫހަށް ކަށަވަރުކޮށްދީފައި ވެ އެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތެއް އެނގިފައި ނުވާ ކަމަށެވެ.