ހުރިހާ ސްކޫލެއް އޭސީ ކުރަން ފެނަކައާ ހަވާލުކޮށްފި، މިނިސްޓަރު ވިދާޅުވީ ސެޕްޓެމްބަރަށް ނިމޭނެ ކަމަށް
އަދަދު
12 ޖޫން 2025 | ބުރާސްފަތި | 7:58
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންވި ވައުދުގެ ދަށުން، އެ މަސައްކަތް ކުރުމަށް ސަރުކާރުގެ ކުންފުނި، ފެނަކަ އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލްތަކުން ޖުމްލަ 3،704 ކްލާސްރޫމް އޭސީ ކުރާނެ އެވެ. އެތަންތަނަށް އޭސީ ސަޕްލައިކޮށް ހަރުކުރަން ފެނަކައާ ހަވާލުކުރީ 55 މިލިއަން ރުފިޔާ އަށެވެ.