ފަހުގެ ތާރީހެއްގެ އަންހެންވެރިން ނުކުމެ ނުނަށާ ވަރަށް މިފަހަރުގެ ބޮޑު އީދުގައި ނެށި: އަލީ ރަމީޒް
އަދަދު
13 ޖޫން 2025 | ހުކުރު | 1:47
މި ފަހުގެ ތާރީހެއްގައި އަންހެންވެރިން އާންމުންގެ ތެރެއަށް ނުކުމު ނުނަށާ ވަރަށް މިދިޔަ ބޮޑު އީދުގައި ނެށި ކަމަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ އަލީ ރަމީޒް ބުނެފި އެވެ.
ސޯޝަލްމީޑިއާ އިންފްލުއެންސަރެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ އަލީ ރަމީޒް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މީގެ ކުރިން އަންހެންވެރިން ނުކުމެ ނުނަށާ ވަރަށް މިދިޔަ އީދުގައި ނެށި ކަމަށެވެ. އަދި އެކަމަ ހިތާމަ ކުރާ ކަމަށް އޭނާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އަލީ ރަމީޒްގެ އެ ޕޯސްޓަށް މިހައިތަނަށް ދެހާހަށްވުރެ ގިނަ ރިއެކްޝަނާއި 306 ޝެއާ އަދި 186 ކޮމެންޓު ލިބިފައިވެ އެވެ. އޭގެތެރެއިން ގިނަ މީހުން އަލީ ރަމީޒްގެ އެ ވާހަކައަށް ތާއީދުކޮށް ވާހަކަ ދައްކާފައިވެ އެވެ.