ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހާޖީން އެނބުރި ރާއްޖެ އަންނަން ފަށައިފި

އަދަދު

13 ޖޫން 2025 | ހުކުރު | 4:43

ދިވެހިރާއްޖެއިން ހައްޖަށް ދިޔަ މީހުން އަޅުކަމަށްފަހު އެނބުރި ގައުމަށް އަންނަން މިއަދު ފަށައިފި އެވެ.

ދިވެހި ހައްޖުވެރިން އެނބުރި އަންނަން ހަމަޖެހިފައި ވަނީ މިއަދާއި މާދަމާގެ އިތުރުން އަންނަ އާދީއްތަ ދުވަހު އެވެ. ހައްޖުވެރިން އަންނަން ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓާއި ހައިވޭގެ ޓްރެފިކް ބާރުބޮޑުވާނެ ކަމަށް ލަފާކޮށް އެމްއޭސީއެލުން ވަނީ ފަސިންޖަރުން ސަމާލުވުމަށް އިރުޝާދު ދީފަ އެވެ.

ކެރި ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރުން ވާޖިބު މި އަޅުކަމަށް މި އަހަރު އެއް މިލިއަނަށް ވުރެ ގިނަ މީހުން މައްކާ އަށް ދިޔަ އެވެ. މިއަހަރު ރާއްޖެއިން 1000 އަށް ވުރެ ގިނަ މީހުން ހައްޖަށް ދިޔަ އެވެ.

މައުޟޫޢުތަށް