ރާއްޖޭގައި ފިއުލް ހެޖިން ނުފެށި އުޅެނިކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެނީ
އަދަދު
15 ޖޫން 2025 | އާދިއްތަ | 9:58
ސަރުކާރުން ތެޔޮ ގަންނަން ކުރަން ޖެހޭ ހަރަދު ކުޑަކުރުމުގެ މަގުސަދުގައި ފިއުލް ހެޖިން ފެށުމަށް ފާއިތުވި ދެ އަހަރު ވެސް ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވަނިކޮށް އެކަން ނުވެ އޮއްވައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން އުފުލެން ފަށައިފި އެވެ.
މިދިޔަ 2024 ވަނަ އަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް 300 މިލިއަން ރުފިޔާ ބަޖެޓުގައި ޖެހިއިރު މި އަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް 216 މިލިއަން ރުފިޔާ އޮތީ ޖަހާފަ އެވެ.
ބަޖެޓުގައި ބޮޑު އަދަދުން ފައިސާ ޖެހި ނަމަވެސް ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު އަދަދު އަށް މައުލޫމާތު ދިން ގޮތުގައި އެ މަސައްކަތް މިހާތަނަށް ފެށިފައި ނުވެ އެވެ. އަދިވެސް ވަމުން އަންނަނީ އެކަމުގެ ތައްޔާރީތަކެވެ.