ރިޓަޔާކުރެއްވުމުން އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 500،000ރ. ދީ، މަހަކު 70،000ރ. ދެނީ

އަދަދު

15 ޖޫން 2025 | އާދިއްތަ | 5:45

ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރަކަށް ގަނޑުކޮށް ބައި މިލިއަން ރުފިޔާ އަދި މަހަކު އެލަވަންސްގެ ގޮތުގައި 70،000 ރުފިޔާ ލިބޭނެހެން ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މިހާރު ގަވާއިދު އޮންނަ ގޮތުން އުމުރުން 55 އަހަރުވުމުން ރިޓަޔާކުރައްވާ ފަނޑިޔާރުންނަށް އިނާޔަތް ދެވޭނީ 10 އަހަރު ފަނޑިޔާރުކަން ކުރައްވާފައިވާނަމަ އެވެ. އުއްތަމަ ފަނޑިޔާރަށް ވަކި ހާއްސަ އިނާޔަތެއް ނޯވެ އެވެ.

ޖޭއެސްސީ އިން ގަވާއިދު އިސްލާހުކުރަން އެދި މަޖިލީހަށް ހުށަހަޅާފައިވާ ސިޓީގައި ހުށަހަޅާފައިވަނީ އުއްތަމަ ފަނޑިޔާރުންނަށް ވަކި ހާއްސަ ރިޓަޔަމަންޓު އިނާޔަތެއް ދިނުމަށެވެ. އެގޮތުން ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރުގެ ލިވިން އެލަވަންސް އަދި ދަތުރުފަތުރުގެ ހަރަދަށް މަހަކު 70،000 ރުފިޔާ ދޭން ޖޭއެސްސީ އިން ވަނީ ހުށަހަޅާފަ އެވެ.

މައުޟޫޢުތަށް