ޖެމްކިއުއަށް ހަރަދުކުރާ ދިވެހިންގެ އަދަދު 50،000 އިން މަތީގައި، މަޖިލިސް މެންބަރުންނާއި ފުލުހުންނާއި ސިފައިން ހިމެނޭ

އަދަދު

16 ޖޫން 2025 | ހޯމަ | 9:20

ދިވެހިންގެ މެދުގައި މިހާރު މަގުބޫލުވެފައިވާ ޖެމްކިއު ނުވަތަ ޖީއެމްސީއީ އިންވެސްޓްމަންޓް ސްކީމަށް 50،000 އަށްވުރެ ގިނަ ދިވެހިން ހޭދަކުރާ ކަން އެނގިއްޖެ އެވެ.

ފުލުހުންގެ އިދާރާ އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެއީ ޕިރަމިޑް ސްކީމެއްކަން ޔަގީންކޮށްދީ އޭގައި ބައިވެރިނުވާން އެދިފަ އެވެ.

ޔޫއެސްޑީޓީ ބޭނުންކޮށްގެން އިންވެސްޓްކުރެވޭ މި ޕްލެޓްފޯމަކީ ރާއްޖޭގެ ގާނޫނާއި ހިލާފަށް ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ހިންގާ ސްކީމެކެވެ. ރާއްޖޭގެ ވިޔަފާރި ރެޖިސްޓްރީގައި ވެސް ޖީއެމްސީއީ ނަމުގައި ކުންފުންޏެއް ވެސް ރެޖިސްޓްރީ ކޮށްފައި ނުވެ އެވެ.

މައުޟޫޢުތަށް