ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ރައީސް ހާއްސަ ކުރީ ޗައިނާގެ މަސައްކަތަކަށް
އަދަދު
16 ޖޫން 2025 | ހޯމަ | 11:30
ގައުމީ ފެންވަރުގައި އަލަށް ފާހަގަކުރަން ނިންމި 'ދިވެހި ރާއްޖޭގެ އިންޖިނޭރިން ދުވަސް' ޗައިނާގެ މަސައްކަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަކުރައްވައިފި އެވެ.
މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު، 30، އަކީ އިންޖިނޭރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ރައީސް މުއިއްޒު ނިންމެވީ އިއްޔެ އެވެ. އެ ދުވަހަކީ ޗައިނާ ކުންފުންޏަކުން ޑިޒައިންކޮށް ތަރައްގީކުރި ސިނަމާލެ ބުރިޖު އިފްތިތާހުކުރި ދުވަހެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މިފަދައިން ނިންމެވީ ސިނަމާލެ ބުރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއަށް ވާތީ އެ ދުވަހަކީ މިކަމަށް އެންމެ އެކަށީގެންވާ ދުވަސް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.