އުއްތަމަ ފަނޑިޔާރުގެ ރިޓަޔަމަންޓް އިނާޔަތާ މެދު ގޮތެއް ނިންމާނީ ޕޭ ކޮމިޝަނުން ކަމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
އަދަދު
16 ޖޫން 2025 | ހޯމަ | 1:26
ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރަކަށް ގަނޑުކޮށް ބައި މިލިއަން ރުފިޔާ އަދި މަހަކު އެލަވަންސްގެ ގޮތުގައި 70،000 ރުފިޔާ ލިބޭނެހެން ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމުން، އެކަމުގައި އަމަލު ކުރަން ޖެހޭނީ ނެޝަނަލް ޕޭ ކޮމިޝަނުން ނިންމާ ގޮތަށް ކަމަށް މިއަދު އެ ކޮމިޓީން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީން ނިންމީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ޖޭއެސްސީއަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން ރިޓަޔާވުމުން ދޭން ޖެހޭ އިނާޔަތް ކަނޑައެޅި ނަމަވެސް، އެ އިނާޔަތް ދޭންވާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނެޝަނަލް ޕޭ ކޮމިޝަނުން ނިންމާ ނިންމުމާ އެއްގޮތަށް ކަމަށެވެ.
ޖޭއެސްސީން މާލިއްޔަތު ކޮމިޓީގައި އެދުނީ ފަނޑިޔާރުންނަށް މަހުން މަހަށް ދެވޭ ރިޓަޔާމަންޓް އިނާޔަތް ދިނުމުގައި ފަނޑިޔާރުކަމުގައި ހިދުމަތް ކޮށްފައިވާ މުއްދަތު ބެލުމާއެކު ފަނޑިޔާރުންނަށް މަހުން މަހަށް ލިބޭ އިނާޔަތް އަސާސީ މުސާރައަށްވުރެ ބޮޑުވާނަމަ ފަނޑިޔާރުންނަށް ލިބޭނީ އަސާސީ މުސާރަ ކަމުގައި ކަނޑައެޅުމަށެވެ.