އިންވޮއިސް ކުރާ ހިސާބުން ޖީއެސްޓީ ދައްކަން ޖެހުމަކީ "އިގުތިސޯދީ ޖަރީމާއެއް" ކަމަށް ބުނެ ގަރާރެއް

އަދަދު

16 ޖޫން 2025 | ހޯމަ | 6:26

ވިޔަފާރިތަކުން އިންވޮއިސް ކުރާ ހިސާބުން އެ ވިޔަފާރީގެ މުއާމަލާތަށް މުދަލާއި ހިދުމަތުގެ ޓެކްސް ނުވަތަ ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތަކަށް ދަތިވެ، ޝަކުވާތައް އިތުރުވަމުންދާތީ އެކަމަށް ހައްލެއް ހޯދައިދޭން އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.

މަޖިލީހުގައި ކެޔޮދޫ ދާއިރާ ތަމްސީލުކުރައްވާ މުހައްމަދު ނިއުޝާދު (އެމްޑީޕީ) މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން ލިޔުއްވާފައި ވަނީ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތައް ހުއްޓި، އޭގެ ނުރަނގަޅު އަސަރު ވިޔަފާރިއަށް ކުރަމުންދާ ކަމަށެވެ.

"[ޖީއެސްޓީ ގާނޫނު އޮތް ގޮތުން] އެތަކެއް ވިޔަފާރިތަކެއް ހުއްޓި، އެތައް ބަޔެއްގެ ވަޒީފާތައް ގެއްލި، އެކަންކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސޯދު ހީނަރުވެ، ނުހަނު ގިނަ ބައެއްގެ ދިިރިއުޏަށް ދަތިވާނެފަދަ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމަށް ފެންނާތީ، މި ކަމަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނިގެންވާ ކަމެއްކަމަށް ވީ ސަބަބަށް ޓަކައި، މި ކަމާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށް ޓަކައި [މަޖިލީހުގެ ގަވާއިދުގެ ދަށުން] މި މައްސަލަ ހުށަހެޅިން،" އޭނާގެ ގަރާރުގައި ވެ އެވެ.

މައުޟޫޢުތަށް