ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން މެންބަރު ކުޑޫއަށް ފުރުސަތު ނުދިން މައްސަލަ އިމްތިޔާޒު ކޮމިޓީއަށް

އަދަދު

17 ޖޫން 2025 | އަންގާރަ | 1:36

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ފަހިކޮށްނުދިނުމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ގުރައިދޫގައި ހުންނަ މަރުކަޒަރު ބަލަހައްޓަނީ ހެލްތު މިނިސްޓްރީންނެވެ. އެ މަރުކަޒަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް އެދި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމްއަށް ރައްޔިތުންގެ މަޖިލީހުގެ ލެޓާހެޑުގައި ކުޑޫ ސިޓީ ފޮނުވީ އެޕްރީލް 19، ގަ އެވެ.

އެއީ މަރުކަޒުގެ ހާލަތު ދެނެގަނެ ރިޕޯޓެއް ތައްޔާރު ކުރުމުގެ ބޭނުމަށް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައި ވެ އެވެ. އެ ސިޓީއަށް ގާތްގަނޑަކަށް ދެ މަސްދުވަސް ފާއިތުވެގެންދިޔައިރު ވެސް ހެލްތު މިނިސްޓްރީގެ ފަރާތުން ޖަވާބު ދީފައި ނުވެ އެވެ.

މައުޟޫޢުތަށް