އަމިއްލަ ފައުންޑޭޝަނެއްގެ ސަމިޓެއްގައި ބައިވެރިވުމަށް ސާޖިދާ ދުބާއީއަށް
އަދަދު
17 ޖޫން 2025 | އަންގާރަ | 1:07
ހަތްވަނަ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޔޫއޭއީގެ ދުބާއީއަށް ފުރާވަޑައިގެންފި އެވެ.
މި ސަމިޓު އޮންނާނީ ޖޫން 18 އިން 19 އަށެވެ. މި ސަމިޓުގެ އިފްތިތާހީ ބައްދަލުވުމާއި ބައެއް ކޮމިޓީ ސެޝަންތަކުގައި ސާޖިދާ ވާހަކަ ދައްކަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެ އެވެ.
"މި ބައްދަލުވުންތަކުގައި މުހިންމު އިޖުތިމާއީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ. އޭގެ ތެރޭގައި ދަރިމައިވުމުގެ ދަތިކަމާ ގުޅިފައިވާ ނޭދެވޭ ވިސްނުންތައް ނައްތާލުމާއި، އަންހެން ކުދިންގެ ތައުލީމަށް އެހީތެރިވުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، އަދި ސިއްހީ ދާއިރާގައި މީހުން މަދު ދާއިރާތަކުގެ ގާބިލުކަން އިތުރުކުރުން ހިމެނޭ،" ރައީސް އޮފީހުން ބުނެފައި ވެ އެވެ.