ޑިމޮކްރެޓްސްއިން ފާސްކުރީ އެ ޕާޓީގެ ހުރިހާ މެންބަރުން އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް!

އަދަދު

17 ޖޫން 2025 | އަންގާރަ | 5:08

އިދިކޮޅު އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު އެ ޕާޓީން ވަކިވެގެން ގޮސް އުފެއްދި ދަ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން ފާސްކޮށްފި އެވެ.

ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން އެގޮތަށް ފާސްކުރީ މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގަ އެވެ. ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް އެ ގަރާރު ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީއަށް ހުށަހެޅުއްވީ އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު އެވެ.

ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުންގެ ތާއީދާއެކު ފާސްކުރި އެ ގަރާރުގައި އޮތީ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އެމްޑީޕީއާ އަލުން ގުޅެން އިގުރާރުވާ ކަމަށެވެ.

މައުޟޫޢުތަށް