ޔޯގާ ހަމަނުޖެހުން: މެންބަރު މުހައްމަދު އިސްމާއިލާއި ފަޒްލޫން އަދި ނިޝާނަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

އަދަދު

17 ޖޫން 2025 | އަންގާރަ | 7:40

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21, ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލާއި ޝައިހް އާދަމް ނިޝާނާއި ޝައިހް ފަޒްލޫން މުހައްމަދުގެ މައްޗަށް އުފުލި ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން އަނބުރާ ގެންގޮސްފި އެވެ.

ޕީޖީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޔޯގާ ހަމަނުޖެހުމާ ގުޅިގެން އެ އޮފީހަށް މުރާޖައާ ކުރުމަށް ހުށަހަޅާފައިވާ ދައުވާތައް މުރާޖައާ ކުރުމަށްފަހު، އެ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ގޮތުން ބައިވެރި ކަމަށް ހެކި ގާރީނާ ލިބިފައިވާ މީހުން ފިޔަވައި އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.

މިގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ބިރުއްދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން 21 މީހެއްގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން ޕީޖީން ވަނީ ނިންމައިފަ އެވެ.

މައުޟޫޢުތަށް