ޔުމްނު ވައްޓާލި ކަމަށް ނުބެލެވުނަސް، ރައުދުގެ އިހުމާލު އޮތް ކަމަށް ބުރަވެވޭ: ކޮމިޝަން
އަދަދު
17 ޖޫން 2025 | އަންގާރަ | 8:14
އޭޕްރިލް 18، ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ތުހުމަތު އަމާޒުވާ ރައުދު އަހުމަދު ޒިލާލް އޭނާ ވައްޓާލި ކަމަށް ނުބެލެވުނު ނަމަވެސް، ރައުދުގެ އިހުމާލެއް އޮތް ކަމަށް ބުރަވެވޭ ކަމަށް ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރިޔާސީ ކޮމިޝަނުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެރުވި ރިޕޯޓުގައި ބުނީ ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލެއް އޮތް ކަމަށް ބުރަވެވެނީ ޔުމްނު އާއި ރައުދު މއ. މާންދޫގެއިން ނިކުތް ފަހުން އެ ހ. މައިރާއަށް ދިޔުމާ ދޭތެރޭގައި ހިނގައިދިޔަ އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް ރައުދު ބުނެފައިވާތީ ކަމަށެވެ.
މިގޮތުން އެ ރޭ ހިނގައިދިޔަ ކަންކަން ރައުދު ހަނދާން ނެތުމުން އަދި ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައި ނުވާކަން ފާހަގަކޮށް ރިޕޯޓުގައި ބުނީ ހ. ފެންޓެނޯއީ ގެއިން ޔުމްނު ފުންމާލިކަން ނުވަތަ ވެއްޓުނުކަން ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށެވެ.