ހުލާސާކޮށް އިއްޔެ: ނަޝީދު އާއި ސަޕޯޓަރުން އެމްޑީޕީއާ އަލުން ގުޅެނީ
އަދަދު
18 ޖޫން 2025 | ބުދަ | 6:27
އެމްޑީޕީގެ އެއް ބާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޖޫން 21، 2023 ގައި އެ ޕާޓީ ދޫކޮށްލީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ޖެހިފައި އޮތް ސިޔާސީ މައްސަލަ ހައްލުނުވެ، އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވުމަށް ފަހު އެވެ.
އޭގެ ގާތްގަނޑަކަށް ދެ އަހަރު ފަހުން އިއްޔެ ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީން ގަރާރެއް ފާސްކުރީ ނަޝީދު އާއި ޑިމޮކްރެޓްސްގެ އެހެން މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،" ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި ބުނެފައިވެ އެވެ.