ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރު ގަޑީގެ އުސޫލު ބަދަލުކުރަން ގަރާރެއް
އަދަދު
18 ޖޫން 2025 | ބުދަ | 8:47
ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭ އުސޫލު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެމްޑީޕީ އަށް ނިސްބަތްވާ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފަައިވެ އެވެ.
ނަމަވެސް މިފަދަ ގަރާރުތައް ވެރިކަން ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ދަނީ ބޭރުކޮށްލަމުންނެވެ.