ޔުމްނު ވެއްޓުނު ތަނަށް މިނިސްޓަރު އިހުސާން ވަޑައިގެންނެވި، އެއީ މަސްއޫލިއްޔަތުގައި ހިމެނޭ ކަމެއް ނޫން: ކޮމިޝަން

އަދަދު

18 ޖޫން 2025 | ބުދަ | 11:10

ހ. ފެންޓެނޯއީގެއިން މިދިޔަ އޭޕްރިލް 18، ގައި ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ހިނގި ތަނަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަޑައިގެން އަމަލީގޮތުން ހަރަކާތްތެރިވިއިރު، އެއީ މިނިސްޓަރުގެ މަސްއޫލިއްޔަތުގައި ހިމެނޭ ކަމެއް ނޫން ކަމަށް ރިޔާސީ ކޮމިޝަނުން އިއްޔެ ނެރުނު ރިޕޯޓުގައި ބުނެފި އެވެ.

އެ ރިޕޯޓުގައި ބުނީ ޔުމްނު ވެއްޓުނު ތަނަށް މިނިސްޓަރު އިހުސާން ގޮސް އަމަލީ ގޮތުން ކަންކަން ބެއްލެވުމަކީ ގާނޫނުއަސާސީ އާއި ފުލުހުންގެ ގާނޫނުން މިނިސްޓަރުގެ މަސްއޫލިއްޔަތުގައި ސީދާ ހިމެނޭ ކަމެއް ނޫން ކަމަށެވެ.

"މައްސަލައާ ގުޅޭ ކުށުގެ ވެއްޓަށް ސީދާ މިނިސްޓަރު ވަޑައިގަންނަވައި އަމަލީ ގޮތުން ކަންކަން ބެއްލެވުމަކީ، ގާނޫނުއަސާސީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން މިނިސްޓަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ސީދާ ހިމެނޭ ކަމެއް ކަމަށް ނުފެނޭ،" ރިޕޯޓުގައި ބުންޏެވެ.

މައުޟޫޢުތަށް